މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް، އެ އިދާރާ އަށް މިދިޔަ 27 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ އިބްރާހިމް މަފާޒް އައްޔަންކޮށްފިއެވެ.
މި މަގާމަށް އިއްޔެ މަފާޒް އައްޔަންކޮށްފައިވާއިރު، އޭނާ އަކީ މި ސަރުކާރުން ކަސްޓަމްސް އަށް އައްޔަންކުރި ހަތަރު ވަނަ ޑެޕިއުޓީ ކޮމިޝަނަރެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ކަސްޓަމްސްއިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒް އައްޔަންކުރައްވާފައިވާ ކަމަށެވެ.
މަފާޒަކީ ކުރިން ސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެވެ. މަފާޒް ވަނީ ސްޓްރޭލިއާގެ ކެންބެރާ ޔުނިވާސިޓީން ކަސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވައިފައެވެ.