-Advertisement-

-Advertisement-

އިންޑިއާގެ ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެންނަން އެގައުމާއެކު ހެދި އެއްބަސްވުން ހާމައެއް ނުކުރި

ރައީސް ޑރ. މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެންނަން މި ސަރުކާރުން އެ ގައުމާ އެކު ވެފައިވާ އެއްބަސްވުން ހާމަނުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ފަށާފައި ވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.

އެއްބަސްވުން ހާމަނުކުރަން ނިންމ އަދި އެއްބަސްވުމުގެ ކޮޕީ ހާމަނުކުރީ ފޮރިން މިނިސްޓްރީން ބުނިގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައި ބުނަނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ގާނޫނުއަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ ކަމުގެ ބިރު އޮތް ކަމަށްވާ ނަމަ އެފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އިދާރާ އަށް ލިބިގެންވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-