މާލޭގައި ދެމުންދާ ޕާސްޕޯޓުގެ ހިދުމަތް އަތޮޅުތަކަށް ފުޅާ ކުރަން ނިންމައިފިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް، އިމިގްރޭޝަނާއި ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރަށްރަށުގައި ދިރިއުޅެމުންދާ އާންމުން ޕާސްޕޯޓު ހެދުމަށްޓަކައި ހުށަހަޅަމުންދާ ކަމަށާއި، އާންމުންނަށް ހިދުމަތްތައް ފަސޭހަވެފައި އޮންނަން ޖެހޭ ކަމަށެވެ.
މި ނިންމުމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، މި ނިންމުން ތަންފީޒުކުރުމަށްޓަކައި އެކަމަށްޓަކައި ބޭނުންވާ މުވައްޒަފުން ހޯދުމަށާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށާއި ސިޓީތަކުގައި ޕާސްޕޯޓުގެ ހިދުމަތް ދެވޭނެ ސެޓަޕް ހެދުން ފަދަ މަސައްކަތްކުރަމުންދާ ކަމަށެވެ.
ޝައްމާން އިތުރަށް ވިދާޅުވީ މިހާރު ވެސް މަހެއްގެ މައްޗަށް އެވަރެޖްކޮށް 1،200 މީހުން ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް މާލެ އަންނަ ކަމަށާއި، އޭގެ ތެރެއިން ކޮންމެ މީހެއްގެ އަތުން 5،000 ރުފިޔާ އާއި 6،000 ރުފިޔާ ހަރަދުވާ ކަމަށެވެ.
އެއީ އަހަރަކަށް ބަލާ ނަމަ 7.7 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވިއެވެ.