-Advertisement-

-Advertisement-

ކެންޑިޑެސީ ބާތިލުކުރުމުން ހަސަން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަނީ

ހަސަން ޝިޔާމް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒްއާއެކު/ ފޮޓޯ: އެމްޑީޕީ

އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލެއްވި ހަސަން ޝިޔާމް(ވީބީ ހަސަން)ގެ ކެންޑިޑެންސީ ސްޕްރީމް ކޯޓުން ބާތިލް ކުރުމާއެކު އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓްއަށް ތާއީދު ކުރަން ނިންމައިފިއެވެ.

އެ ދާއިރާއަށްވ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު) އެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހަސަންއަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމްކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ އޭނާ ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ މަޖިލީސް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަސަންގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެވެ.

ޝިޔާމްގެ ކެންޑިޑެންސީ ބާތިލް ކުރަން ހުށަހަޅާފައިވަނީ މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު، ހ. ކްއީން، އިލްޔާސް އަހުމަދުއެވެ. އިލްޔާސް ހުށަހެޅި މި ދައުވާގައި ބުނެފައި ވަނީ ޝިޔާމްގެ ސާބިތު ދަރަންޏެއް އޮތުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުުންގެ މަޖިލީހުގެ ގަވައިދުގައި، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތު، އޭނާގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-