-Advertisement-

-Advertisement-

އެމްޕީއެލްއިން “ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް” ގެ ހިދުމަތް ދިނުމަށް އެމްއޯޔޫތަކެއްގައި ސޮއިކޮށްފި

އެމްޕީއެލްގެ 'ސީ ޓު އެއާ' ހިދުމަތް ފަށަން ޓާކިޝް އެއާލައިނާއި ސްޓޭޓް ޝިޕިން ކުންފުންޏާ އެކު ސޮއިކުރުން

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ “ސީ-ޓު-އެއާ” ކާގޯ ޓްރާންސްޝިޕްމަންޓް ގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫތަކެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި ޓާކިޝް އެއާލައިންސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއެކު ސޮއިކޮށްފިއެވެ.

އެމްްޕީއެލްއިން ބުނީ ޓާކިޝް އެއާލައިނާ އެކު ސޮއިކުރީ ކާގޯ ޕާޓްނަރެއްގެ ގޮތުގައި ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ އެއާލައިން ރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގު އެވެ.

ކެރިއާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް ޝިޕިން ކުންފުންޏާ އެކު ސޮއި ކުރެއްވިއިރު އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ އެ ހިދުމަތަކީ އެމްޕީއެލްގެ އިތުރުން ރާއްޖޭގެ އިގްތިސާދަށްވެސް ފައިދާކުރާނެ ދުމަތެއް ކަމަށާއި އެމްޕީއެލްގެ އާމްދަނީ އިތުރުވެ، ހިދުމަތް ފުޅާވުމުގެ އިތުރުން މިއީ ރާއްޖޭގެ އިގްތިސާދަށްވެސް ކުރިއެރުން ލިބޭ ހިދުމަތެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމްޕީއެލްއަށް ވަނީ މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައި ކަމަށާއި އެމްޕީއެލްއިން މަސައްކަތްކުރަނީ އެކަންތައްތައް ހާސިލްކުރުމަށް ކަމަށްވެސް ވަޖީހް ވިދާޅުވިއެވެ.

މި ހިދުމަތަކީ ވައިގެ މަގު އަދި ކަނޑުގެ މަގު ބޭނުންކޮށް މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފުކުރާ ހިދުމަތެކެވެ. އެގޮތުން އެމްޕީއެލްއިން ބުނީ މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ގައުމުތަކުން ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ހިދުމަތެއް ކަމަށާއި އެގޮތުން ރާއްޖެއަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ ވައިގެ މަގުން ގިނަ ގައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-