-Advertisement-

-Advertisement-

ރަސްމާލެއާ ގުޅުންހުރި މައްސަލައެއް އޭސީސީން ތަހުގީގުކުރަން ފަށައިފި

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

ރަސްމާލެއާ ގުޅުންހުރި މައްސަލައެއް އޭސީސީން ތަހުގީގުކުރަން ފަށައިފިއެވެ.

އޭސީސީން ބުނީ ރަސްމާލެ ނަމުގައި މި ސަރުކާރުން ހިއްކަން ފަށާފައިވާ ފުށިދިއްގަރު ފަޅާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭސީސީއިން ބުނީ މައްސަލަ ހުށަހަޅާފައި ވަނީ، އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ އޮތީ ޕްރިލިމިނަރީ މަރުހަލާގައި ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އެމްޑީޕީން ވަނީ މީގެ ކުރިން ތުހުމަތުކޮށްފައެވެ. އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް 70 ހެކްޓަރުގެ ބިން ގްރޭޓާ މާލެ ސަރަހައްދުން ދީގެން ކަމަށެވެ.

މި މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނާނެއެވެ. މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ. އެތަނުގެ 1153 ހެކްޓަރު ހިއްކާއިރު ބިން ހިއްކަނީ ހުޅުމާލެ އާއި ފުށިދިއްގަރު ފަޅުން ބިން ވިއްކަން ކޮންޓްރެކްޓަރަށް ފުރުސަތު ދޭ ގޮތަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-