މަޖިލިސް އިންތިހާބާ ގުޅުންހުރި މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފިއެވެ.
އޭސީސީން ބުނީ ބަލަން ފަށާފައިވަނީ ރިޝްވަތު ހުށަހެޅުމުގެ މައްސަލަތަކަކާއި ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ މައްސަލަތަކަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭން ކުރުމާ ގުޅޭ މައްސަލަތަކެއް ކަމަށެވެ.
މިގޮތުން 10 އަށް ވުރެ ގިނަ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.
އޭސީސީ އިން ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ކޮރަޕްޝަނާ ގުޅުންހުރި އަމަލެއް ހިންގާނަމަ އެ މައްސަލައެއް ހުށަހެޅުމަށް މީގެ ކުރިން އެދިފައެވެ.
މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ބިލު ތަސްދީގު ކުރެއްވުމާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.