-Advertisement-

-Advertisement-

‎ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ކެމްޕޭނެއް

ބީސީސީގެ ކެމްޕެއިންގައި ބޭނުން ކުރާ ތިމާވެއްޓާއި ރައްޓެހި ކޮތާޅު. ފޮޓޯ: ބީސީސީ

ރާއްޖޭގެ އުފެއްދުންތައް ޕްރޮމޯޓްކޮށް، މާކެޓް ކުރުމަށްޓަކައިދިވެހިންނަށް އިސްކަންގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްކުރާ ބިޒްނަސް ސެންޓަ ކޯޕަރޭޝަން ބީސީސީ އިން ފެށި މި ކެންޕޭނު ފައްޓަވައި ދެއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކެންޕޭން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16 އާ ހަމައަށެވެމި ކެމްޕޭން ކުރިއަށްދާ މުއްދަތުގައި ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ގަންނަ ކޮންމެ އެއްޗަކަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

ބީސީސީންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައިދިވެހިންނަށް އިސްކަންކެންޕެއިން ކުރިއަށް ދާނީ އެކަމަށް ޚާއްސަކޮށް ބީސީސީން އުފައްދާފައިވާތިމާވެއްޓާ ރައްޓެހި ކޮތަޅެއްގައި ކޮންމެވެސް ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށެވެ.

އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށް ދެމިގެންދާ ގޮތަކަށް ކަމަށް ވެސް އެ ފަރާތުން މައުލޫމާތުދެއްވާފައިވެއެވެ.

އަދި މިގޮތަށް އުފެއްދުންތައް ގަނެ ހަދިޔާކުރާ އިރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ބީސީސީ އާއި އުފެއްދުމެއް އުފެއްދި ފަރާތް ޓެގްކޮށް ޕޯސްޓުކުރުމުންކެންޕޭނުގައި ބައިވެރިވެވޭނެކަމަށް ބީސީސީން ބުންޏެވެ.

މި ކެންޕޭނުގެ މައިގަނޑު މަގުސަދަކީ ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ މަޤުބޫލުކަން އިތުރުކޮށް އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ އިތުރުން އެތަކެއްޗަށް އިސްކަންދީ ޢާންމުންގެ ޝައުގުވެރިކަން އިތުރުކުރުން ކަމަށް ބީސީސީގެ ފަރާތުން ވަނީ ބުނެފައިއެވެ.

މި ކެމްޕޭނުގައި ދިވެހި ކޮންމެ އުފެއްދުމެއް ވެސް ބޭނުން ކުރެވޭނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-