-Advertisement-

-Advertisement-

‎އައްޑޫ ގައި ބްރިޖް އަޅަނީ

އައްޑޫ ބްރިޖާއި އެކު މުޅި ދެކުނަށްވެސް  ގިނަ ގުނަ ތަރައްޤީތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އޭޕްރިލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާމުހައްމަދު ޝާހިދު (ޝާޑު) ގެ ފަރާތުން ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުދޫ ބުރިޖަކީ ހަމައެކަނި 30 ވަރަކަށް މީހުން ސައިކަލް ދުއްވަން އަޅާ ބުރިޖެއް ކަމަށް އިދިކޮޅުން ބުނާ ބުނުމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ހުޅުދޫބުރިޖާއެކު، އައްޑޫ ސިޓީގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭވެނެ ކަމަށާއި ބްރިޖުގެ ސަބަބުން މުޅި ދެކުނަށް ވެސްއެތައް ގުނައެއްގެ ތަރައްގީ ލިބޭނެ ކަމަށެވެ.

އަދި ރައީސް އެދި ލެއްވީ އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ހަގީގަތާއި ހިލާފު ވާހަކަތައް އަޑުނޭއްސެވުމަށް

މީގެ އިތުރުން ރައީސް ވިދާޅުވީ ހުޅުދޫ ބްރިޖުގެ މަސައްކަތް ފެށި، ފީސިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ ސާވޭގެމައްޗަށް ކުރަން ޖެހޭ އެކި ކަހަލަ ހިސާބުތަައް ހެދުމާއި ފީސިބިލިޓީގެ ކުޑަ މަސައްކަތްތަކެއް ކަމަށެވެ.

މިއާއި އެކު ދާދި އަވަހަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި ރައްޔިތުންނަށް އެމަންޒަރު މިއަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ރައީސްވިދާޅުވިއެވެ..

އައްޑު އަތޮޅު އުފެދިފައި އޮތް ގޮތުން، ހިތަދޫ، ފޭދޫ، މަރަދޫފެދޫ އަދި ފޭދޫ އަކީ އެއްފަސްކޮށް އޮންނަ 4 ރަށެވެ. ހުޅުދޫ އަދި މީދޫ އޮންނަކީ ވަކިން ދުރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-