-Advertisement-

-Advertisement-

އަލީ ވަހީދުގެ ދެކޮޅު ބަޔާންތައް ލީކުވެއްޖެ, އެކަމަކު އަލީ ވަހީދު މަޖިލީސް ކެމްޕޭންގަ

އަލީ ވަހީދު ރައީސް ސޯލިހާ ސަލާމް ކުރައްވަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އޭނާއާ ދެކޮޅަށް މުވައްޒަފުން ދީފައިވާ ބަޔާންތައް ލީކުކޮށްލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވި އޭނާ މަގާމުން ދުރުކުރި އެވެ. އަދި ރައީސްގެ ހާއްސަ އެންގެވުމަށް ފުލުހުން ހިންގި ތަހުގީގަށް ފަހު ޖިންސީ ގޯނާގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި އެވެ. އެއީ ނޮވެމްބަރު 18، 2020 ގައެވެ. އެކަމަކު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ރާއްޖެއިން ފިލާފައެވެ.

އަލީ ވަހީދު މިހާރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ވާދަކުރަން އެ ޕާޓީގެ ޓިކެޓް، ޕްރައިމަރީ ގައި ވާދަ ކޮށް ހޯއްދަވާ، ކެމްޕެއިން ވަރަށް ފޯރީގައި ހިންގަމުންނެވެ. އަލީ ވަހީދު ވާދަ ކުރައްވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށެވެ.

ތިން އަހަރާއި ތިން ދުވަސް ފަހު ރާއްޖެ ވަޑަައިގެން ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ޖުލައި 11، 2023 ގައި އަލީ ވަހީދު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު އޭނާ “ފްރޭމް” ކުރުމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވާ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ސޯލިހަށް އަސާސެއް ނެތް ތުހުމަތުތައް ކުރެއްވީ އޭނާ “ފްރޭމް” ކުރުމުގެ އަޑީގައި ތިބި މީހުން ހޯދަން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއަދު އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު އެކަން ކުރި މީހުން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ބަޔާންތައް ލީކުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެކަމަށް ރައްދުދެއްވާ އަލީ ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށާއި ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާއާ ލަކުނު އަދި ނުފިލާ ކަމަށެވެ. އަދި ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބު ކުރާނީ ނުހަނު ލޯތްބާއެކު ކަމަށާއި އެކަން އެ ކުރަނީ ކާކު ކީއްވެކަން އެނގޭ ކަމަށް ވެސް އަލީ ވަހީދު ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-