-Advertisement-

-Advertisement-

ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި ޓްރެފިކް ފުލުހެއްގައިގަ ޖެހުން މައްސަލަ ދަނީ ތަހުގީގު ކުރަމުން: ފުލުހުން

ހުޅުމާލެ ހައިވޭ

ހައިވޭގައި ޓެކްސީއެއް ކޮންޓްރޯލްއިން ނައްޓާ ޓްރެފިކް ޕޮލިހެއް ގައިގައި ޖެހި ހިނގި އެކްސިޑެންޓު ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ވީޑިއޯއިން ފެންނަނީ ކާރެއް އައިސް ޓްރެފިކް ޕޮލިހުގެ ގައިގައި ޖެހޭ މަންޒަރެވެ. އެއާއެކު ކާރު ކޮންޓްރޯލް ވި ނަމަވެސްް ޕޮލިސް، ކާރުގައި ޖެހ އަަނެއް ފަޅިއަށް ވަނީ ވެއްޓިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ކާރު ދުއްވި ޑްރައިވަރު ހައްޔަރުކޮށްފައި ވާކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ޓްރެފިކް ޕޮލިސްގެ ހާލު ރަނގަޅެވެ. ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް އެކްސިޑެންޓުތައް މާލޭގައި މިވަނީ ބޮޑު ތަނުން އިތުރުވެފައެވެ. މިފަދަ އެކްސިޑެންޓު ތަކުގައި ފުރާނަ ގެއްލޭ މީހުންނާ ބޮޑެތި އަނިޔާތައް ލިބޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-