-Advertisement-

-Advertisement-

ކަނޑުގެ އޮޕަރޭޝަން ޔުނިޓެއް ކަސްޓަމްސް ގައި ގާއިމްކޮށްފި

ކަސްޓަމްސް ބިލްޑިންގ

ކަނޑުގެ އޮޕަރޭޝަން ޔުނިޓެއް ކަސްޓަމްސް ގައި ގާއިމްކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ, މި ސެކްޝަނަކީ ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް ބެލެހެއްޓުމާއި މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށް ކަމާ ގުޅޭ ފަރާތްތަކާއެކު ކަނޑުގެ އޮޕަރޭޝަންތައް ހިންގުމާއި ކަސްޓަމްސްގެ ދަށުގައި ހުންނަ އުޅަނދު ފަހަރުގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށް އުފެއްދި ތަނެއް ކަމަށެވެ.

މި ސެކްޝަންގެ ބޭނުމަށް މިހާތަނަށް ޖަޕާނު ސަރުކާރުގެ އެހީފައި 30 ފޫޓޫގެ ދެ ޕެޓްރޯލް ވެހިކަލް އަންނަ މެއި މަހު ލިބޭނެ ކަމަށާޢި އިތުރު 85 ފޫޓޫގެ ޕެޓްރޯލް ވެހިކަލެއް އަންނަ އަހަރު ތެރޭގައި ލިބޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެގޮތުން ޖަޕާނުން ހަދިޔާ ކުރާ 85 ފީޓުގެ އުޅަނދުން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް މެއި މަހު ޖަޕާނުގައި ކުރިއަށް ދާނެ ކަަމަށާއި އެ ތަމްރީނުގައި ކަސްޓަމްސްގެ އަށް މުވައްޒަފަކު ބައިވެރިވާނެ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި ސެކްޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމާއި ބޭރުކުރުން ހުއްޓުވުމަށް ކަނޑުގެ އޮޕަރޭޝަންތައް ހިންގުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-