-Advertisement-

-Advertisement-

‎ތަގުވާ މިސްކިތުން ފަންކާ ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި

ފޮޓޯ: ޕީއެސްއެމް

ކަޅުހުރާ މަގުން އެތެރޭގެ ގޯޅިއެއްގައި ހުންނަ ތަގުވާ މިސްކިތުން އިއްޔެ ރޭ ފަންކަލެއް ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

އެކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރިކަން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

މިކަން ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތް ހޯދާ ފުލުހުންގެ ބަންދަށް ވަނީ ގެނެވިފައި،މާލޭ ސިޓީ ކައުންސިލުން އާންމުކުރި ސީސީޓީވީ ފުޓޭޖުރީޕޯސްޓްކުރައްވާ ޝިފާން ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ބުނެފައިވަނީ ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަނީ ވަގަށް ގެންގޮސްފައި ކަމަށެވެ. އޭގެ ތެރެއިން އެއް ފަންކާވަގަށް ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރީ އިއްޔެ އެވެ.

އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މީހަކު ވަގަށް ގެންދަނީ އެ މިސްކިތުގައި ބަހައްޓާފައި ހުރި ފަންކަލެކެވެ.

އާންމުކޮށް ކޮންމެ ރޯދަމަހަކު ވެސް ވައްކަމުގެ މައްސަލަ ގިނަވާއިރު، ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަމަހުގެ 15 އާ ހިސާބަށް މާލެސަރަހައްދުން އެކަނި ވަނީ 110 ވައްކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-