-Advertisement-

-Advertisement-

ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

ފޮޓޯ: ރާއްޖެ އެމްވީ

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ރޭ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ކަރެކްޝަންސް ސާވިސްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒު ،44، މާޗު، 8 ގައި ނޭވާލާން އުނދަގޫވެގެންއުޅޭތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން ވަނީ އީއާރްގައި އެޑްމިޓް ކޮށްފައި އެވެ.

އިޖާޒަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި ބަލީގެ ހާލަތު ދެރަވުމުގެ ސަބަބުން މާޗް ނުވަވަނަ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށިކަމަށާއި އަދި ހާލަތު ގޯސްވެ ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ކަރެކްޝަންސްގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

އައިސީޔޫއިން އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ ރޭ 23:30 ހާއިރު އެވެ.

އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއް ގައި ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރުމަށް މާޗް ހަތްވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެނެވުނުމީހެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-