-Advertisement-

-Advertisement-

ސަމާގެ ޓިކްޓޮކް ފަންޑްރައިސިންގ ލައިވްއަކުން ފަލަސްތީނަށް 1500 އަށްވުރެ ގިނަ އިފްތާރް ޕެކް!

ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ސަމާ ޝަރީފް ޓިކްޓޮކް ލައިވްއެއް މެދުވެރިކޮށް ފަލަސްތީނަށް ގިނަ އަދަދެެއްގެ ފައިސާ ހޯދައިދީފި އެވެ.

ރޭ ޓިކްޓޮކްގައި ކުރިޔަށް ގެންދިޔަ ލައިވްއެއްގައި ސަމާ ފަންޑްރައިޒް ކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިފްތާރް ޕެކް ހަދިޔާކުރުމަށްޓަކައި އެވެ.

އެގޮތުން ސަމާ ޓިކްޓޮކްގައި އެކި ފަރާތްތަކަށް ފަންޑްރައިޒްކުރުމަށް ކުރިޔަށްގެންދާ ހިތުންހިތައް ކެމްޕެއިންގެ ތެރެއިން ފަލަސްތީނަށްޓަކައި ވަނީ 1 ލައްކަވުރެ ގިނަ ރުފިޔާ ހޯދާފައި އެވެ.

މި ފަންޑްރައިޒްގައި ސަމާއަށް ދިވެހި ރުފިޔާއިން 100,660 ރުފިޔާ އާއި 380 ޑޮލަރު ( 5,859 ރުފިޔާ ) ލިބިފައި ވާއިރު، މި ފައިސާ ސަމާ ވަނީ މިހާރުފަލަސްތީނަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ދިވެހި ޖަމިއްޔާއެއްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ( އޭއައިސީ ) ގެ އެކައުންޓަށް ޖަމާކޮށްފައިއެވެ.

ސަމާ މިރޭ ކުރިޔަށް ގެންދިޔަ ފަންޑްރައިޒް ލައިވް ކުރިޔަށް ގެންގޮސްފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިފްތާރް ޕެކް ނުވަތަ ރޯދަވީއްލާނެ މީލްޕެކްފޯރުކޮށްދިނުމަށެވެ. އޭއައިސީއިން ބުނާ ގޮތުގައި ކޮންމެ އިފްތާރް ޕެކެއްގެ އަގަކީ 70 ރުފިޔާ އެވެ. މިހެން ކަމުން މިރޭ ސާމާ ކުރިޔަށް ގެންދިޔަ ހަރަކާތުންއެކަނިވެސް ފަލަސްތީނުގެ 1500 އަށްވުރެ ގިނަ މީހުންނަށް އިފްތާރް ޕެކް ފޯރުކޮށްދެވިގެން ދާނެ އެވެ

ސަމާ ވަނީ މީގެ ކުރިންވެސް ފަލަސްތީނަށްޓަކައި ފަންޑްރައިޒް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި ވާއިރު، މިދިޔަ ޑިސެމްބަރު މަހު ސަމާ ވަނީފަލަސްތީނަށް އެހީވުމަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާދީފައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-