-Advertisement-

-Advertisement-

އާންމު ފަރާތްތަކުން ކުނި ނަގާ އުޅަނދުތަކުގެ ފީ އަނެއްކާވެސް ކުޑަކުރަނީ

ފޮޓޯ: އެޓޯލް ޓައިމްސް

މާލެ ސަރަހައްދުގައި ކުނި އުކުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އަޅަނދުތަކުން ނަގާ ފީ، 500 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

މީގެ ކުރިން އާންމުންގެ ފަރާތުން ކުނި ގެންނަ އުޅަނދުން ޓަނަކަށް ނަގާ 1،060 ރުފިޔާގެ ފީ، 750 ރުފިޔާއަށް ވެމްކޯ އިން ކުޑަކޮށްދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކަށް މިހާރު ފީއެއްގެ ގޮތުގައި ނަގަނީ 150 ރުފިޔާއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ފަޒީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެހެން އެސްއޯއީތައް ގޮތަށް ހަރުދަނާކުރުމަށްޓަކައި ވެމްކޯ އިން މަސައްކަތް ކުރަމުންދާ އިރުގައި ވެސް، އަދިވެސް އިތުރު ލުއިތައް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް، ހުރިހާ ބިލުތައް ދައްކަމުން، ފައިސާގެ އަގު ހިފަހައްޓަމުން، ޑޮލަރުގެ ރޭޓު ތިރިކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ވީހާވެސް ގިނަ ލުއިތަކެއް ދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރުވެސް ވަރަށް ގިނަ ކަންތައް ކޮށްދެވިފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-