-Advertisement-

-Advertisement-

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައު ހުންނެވި ހަސަން ޒަކަރިއްޔާ, އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒަކަރިއްޔާ މެންބަރު ކަމަށް އައްޔަން ކުރުމަށް ހުށައެޅުއްވީ އީސީގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވުމުން ހުސްވެފައިވާ މެންބަރުގެ ގޮޑިއަށް ބޭފުޅަކު އައްޔަނުކުރުމަށެވެ. އެގޮތުން ޒަކަރިއްޔާގެ ނަން މަޖިލީހަށް ހުށައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޒަކަރިއްޔާގެ ނަން ދިރާސާ ކުރުމަށްފަހު އީސީގެ މެންބަރުކަމަށް އޭނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީއަށް ފެންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށް ކޮމިޓީން ވަނީ އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.

މަޖުލީހުގެ ތަޅުމުގައި އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަން ކުރަން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-