އުތުރުތިލަފަޅުގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ މަޝްރޫއު ވާނީ އާދަޔާހިލާފު ބިޔަ މަޝްރޫއަކަށް ކަމަށްއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ އުތުރުތިލަފަޅުގައި ތަރައްގީކުރާ އެގްރިކަލް ޒޯން ވެގެން ދާނީ އާދަޔާހިލާފު އަދި އެންމެ މިޒަމާނުގެ ޓެކްނޮލޮޖީން މުއްސަނަދި ފަރުވެރިވިބިޔަ މަޝްރޫއަކަށް ކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވީ އެ މަޝްރޫއުގެ އެއްބަސްވުން ބާތިލު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވިދާޅުވުމާ ގުޅިގެންނެވެ.
އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ހަވާލުކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ. އެއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 29 ގަ އެވެ.
މި އެއްބަސްވުމުގެ ދަށުން އެގްރި ޒޯންގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށްރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.