ހުޅުމާލެއިން ގެއްލިގެން އިއުލާންކުރި ކުޑަ އަންހެން ކުއްޖާ މިއަދު މާލެއިން ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ ރޭ ގެއްލިގެން އިއުލާން ކުރި އުމުރުން 13 އަހަރުގެ އައިޝަތު ޒީވާ ސަޢީދު މިއަދު 12:15 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 19:45 ހާއިރުގައި އެވެ.
އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ރޭ އިރުއޮއްސި 18:00 ޖަހާކަންހާއިރު ހުޅުމާލޭ ދިރިއުޅެމުންދާ އެޕާޓުމެންޓުން ކަމަށް ވެސް އޭރު ފުލުހުންބުންޏެވެ.
ކުޑަކުދިންނާއި ބޮޑު މީހުން ވެސް ގެއްލިގެން ހޯދުމަށް ފުލުހުން ދޭތެރެއަކުން އިއުލާންކުރެއެވެ. އެހެން ސަރަހައްދުތަކާ އަޅައި ބަލާއިރު މާލެސަރަހައްދުގައި އެފަދަ މައްސަލަތައް ގިނައިރު، އާންމު ގޮތެއްގައި ފުލުހުން އިއުލާން ކުރަނީ ގެއްލޭ ކުދިންނާއި މީހުން ހެޔޮ ހާލުގައި ތިއްބާ ފެނޭކަމަށެވެ.