-Advertisement-

-Advertisement-

100 އަހަރު މަސައްކަތް ކުރިއަސް ރަސްމާލެއާއި މާލެ ގުޅުވައި ނުލެވޭނެ ކަމަށް އާޒިމް ވިދާޅުވެއްޖެ

މިރޭ އާޒިމްގެ ކެމްޕެއިން ލޯންޗު ކުރުމަށް ބެއްވި ހަފްލާގައި އާޒިމް ވާހަކަ ދައްކަނީ. ފޮޓޯ; މުހައްމަދު ޝާބިން/ނިއުސްލެބް

ކުރިއަށް އޮތް 100 އަހަރު މަސައްކަތް ކުރި ނަމަވެސް ރަސްމާލެއާއި މާލެ ގުޅުވައި ނުލެވޭނެ ކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ މަޖިލިސް 20 މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އިޔާދްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އާޒިމް ވިދާޅުވީ ރަސްމާލެއަށް މާލޭ ރައްޔިތުން ގެންދަން މަސައްކަތް ކުރަނީ ރައްޔިތުން ނިކަމެތި ކުރަން ކަމަށާއި،  މާލެއާއި ރަސްމާލެ ގުޅުވައިލުމަކީ ދުރު މުސްތަގުބަލެއްގައި ވެސް ނުކުރެވޭނެ ކަމެއް ކަމަށެވެ. އަދި ބްރިޖަކުންވެސް، ޓަނަލަކުންވެސް ހޮޅިއަކުން ވެސް މާލެޢާއި ރަސްމާލެ ގުޅުވައި ނުލެވޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މާލޭގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް އެމްޑީޕީގެ ފަރާތުން އުތުރު ތިލަފަޅު ތަރައްގީ ކުރަން ފެށި ފަހުން، މި ސަރުކާރުން އެތަނުގައި ދަނޑުވެރިކަން ކުރަން ފެށުމުގެ އެއްވެސް މާނައެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލެއާއި ރަސްމާލެ، އަންޑަރ ވޯޓާ ޓަނަލަކުން ގުޅުވާލުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-