ކުރިޔާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން އިއްޔެ ބުނީ، މިމަހުގެ 20 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ކާގޯ ޔުނިޓް އިން އެތެރެ ކުރި ދެ ޕެކޭޖު ބަލައި ފާސްކުރުމުގެ ތެރެއިން 3.1 ކިލޯގެ ސިންތެޓިކް ކެތިނޯން އަދި އިތުރު ޕެކޭޖަކުން 210 ގްރާމްގެ ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށެވެ.
އަދި އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.