މާލޭގައި ގުރޫޕަކުން މީހަކު ރަހީނުކުރުމަށްފަހު ފޭރިގެންފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން 26 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށްހާޒިރުކުރުމުން ކޯޓުން ވަނީ ހާދިސާ ރިޕޯޓުގެ މައްޗަށް ބިނާކޮށްގެންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހަށްބަންދުކޮށްފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ފަރާތާއި އިތުރު ފަރާތްތަކެއް މީހަކު ގެއަކަށް ގެންގޮސް ރަހީނުކޮށް އޭނާގެ އަތުންފޭރުމުގެ ބޭނުމުގައި ތޫނު ހަތިޔާރަކުން ބިރު ދައްކާފައިވާ ކަމަށެވެ