މިއަހަރުގެ ފިތުރު އީދު މާލޭގައި ކުލަގަދަ ކޮށް ފާހަގަކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.
ޟާލެ ސިޓީ ކައުންސިލުން ބުނީ މި ހަރަކާތްތައް ކުރިއަށް ދާނީ ސާދާ އެންޓަޓެއިންމެންޓް ގުރޫޕާ ގުޅިގެން ކަމަށާއި ފެންކުޅުމާ ބޮޑުމަސް ނެރުމާއި މާލި ޕެރޭޑުގެ އިތުރުން އެތައް ހަރަކާތެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ނެރެފައިވާ އީދު ތާވަލު:
- ހެނދުނު 9:30 – ފެންކުޅުން
- ހަވީރު 4:00 – ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު
- ރޭގަނޑު 8:30 – ސްޓޭޖް ޝޯ
- ރޭގަނޑު 10:00 – ފަޔާވޯކްސް ކުރިއަށް ގެންދިއުން
ސިޓީ ކައުންސިލުން ބުނީ ފެން ކުޅުން ކުރިއަށް ދާނީ ރަސްފަންނުގައި ކަމަށާއި. ސްޓޭޖް ޝޯ އާއި ފަޔާވޯކްސް ކުރިއަށް ދާނީ އާޓިފިޝަލް ބީޗުގައި ކަމަށެވެ.
މީގެއިތުރުން ރަސްފަންނުގައި އޮންނަ ފެން ކުޅުން އިވެންޓުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ އީދު ޓީޝާޓު ގަންނަން ޖެހޭ ކަމަށާއި މި ޓީޝާޓުގެ އަގަކީ 195ރ. ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެވެސް އީދަކީ ކުލަ ގަދަކޮށް ފާހަގަކުރާ ދުވަސްތަކަކަށް ވާއިރު މާލޭގެ އިތުރުން ރަށްރަށުގައިވެސް އީދު ކުޅިވަރުތައް ފޯރީގައި ކުޅެއެވެ.