މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަހްމަދު އަޝްފާން ހަމަޖައްސައިފި އެވެ.
އިމިގްރޭޝަންގެ ފަރާތުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް އަޝްފާން ހަމަޖެއްސިކަން ކަށަވަރުކޮށްދީފަ އެވެ.
އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އޭނާ އެ އިދާރާއަށް މިދިޔަ 18 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ފާހަގަ ކޮށްފައިއެވެ.
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް ކުރިން ހުންނެވީ އިބްރާހިމް އަޝްރަފެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް މިހާރު ހުންނަވަނީ މުހައްމަދު ޝަމްއާން ވަހީދެވެ.