މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑު އަށް ފަށަން ތައްޔާރުވާން ފަަށައިފި އެވެ.
މިކަމާއި ގުޅޭ ގޮތުން ތޮއްޑޫ ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރަށަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް އިނީޝިއަލް ސާވޭއަށް މޯލްޑިވިއަންގެބޯޓެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ.
ސީޕްލޭން ދަތުރުތައް ތޮއްޑު އަށް ފެށުމަކީ ރައްޔިތުން ދެކެމުން އައި ދުވަސްވީ ހުވަފެނެއް ކަމަށާއި، ވަރަށް އަވަހަށް ސީޕްލޭން ޝެޑިއުލް ދަތުރުތައްފަށާނެކަމުގެ އުންމީދު ބޮޑު ކަމަށް ކައުންސިލުން ބުނެއެވެ.
ތޮއްޑު އަށް ގައުމީ އެއާލައިނުން ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރީތައްވަމުން އަންނަ އިރު އެ ރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ގިނައަދަދެއްގެ ގެސްޓްހައުސް ވެސް ހިންގަމުން އަންނަ ރަށެކެވެ.