-Advertisement-

-Advertisement-

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ އަލުން ބަލަން ހީނާ ގޮވާލައިފި

ޕީޕީއެމް/ޕީއެންސީގެ އިންތިހާބީ ތަރުޖަމާނު ހީނާ ވަލީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕީއެންސީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަށް ޖިންސީ ގޯނާކުރި މައްސަލަ އަލުން ބަލަން ޕީޕީއެމް/ޕީއެންސީން މަޖިލިސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ގޮވާލައިފިއެވެ.

ހީނާ ވަނީ ކޮވިޑް ދުވަސްވަރު މާގިރި ހޮޓަލާއި އަދި ބައެއް ރިސޯޓްތަކުގައި މިނިސްޓްރީގެ މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ގޯނާކޮށް އަނިޔާލިބުނު މުވައްޒަފުންގެ ދުލުން އެ ވާހަކަ އައްސަވާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކީރިތި ކުރެއްވުނު ކަމަށްވެސް އޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

މީގެއިތުރުން ހީނާ ވިދާޅުވީ އެ މައްސަލަ ކުރިއަށް ދަނިކޮށް އަލީ ވަހީދު ވީއައިޕީ ލައުންޗް މެދުވެރިކޮށް ފުރައިގެން ދިޔައީ ކަމަށާއި އެހެންކަމުން ދޭހަވަނީ އޭރުގެ ސަރުކާރުން މި މައްސަލަ އޮއްބާލަން އަލީ ވަހީދު ފުރުވާލީ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނަ ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވި ނަމަވެސް މައްސަލަ ދިގުލައިގެން ގޮސް ޕީޖީން ފަހުން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ. ދައުވާ ނުކުރަން ނިންމީ އަނިޔާވި އަންހެނުން އެކި ޕްރެޝަރުތަކާ ގުޅިގެން ބަޔާންތައް އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.

ވަހީދުގެ މައްޗަށް އޭރު ކުރި ދައުވާތަކަކީ ރޭޕްކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ އިތުރުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-