-Advertisement-

-Advertisement-

އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުވެގެން އަނެއްކާވެސް އިއުލާނުކޮށްފި

އާސަހަރާ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

މާލެ އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުވެގެން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު އައިމިނަތު ޝަތުފާ ވިދާޅުވީ ފިނިޝިން މަސައްކަތަށް އަލުން ހުޅުވާލީ ބަޔަކު ނުވެގެން ކަމަށެވެ. އާ ސަހަރާގެ ފުލް ފިނިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން ކުރިން ވެސް އިއުލާނުކުރިއެވެ. އެކަމަކު އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އަލުން ވަނި އިއުލާނުކޮށްފައެވެ.

އެ މަސައްކަތަށް ބަޔަކު ޝައުގުވެރި ނުވެގެން އަނެއްކާ ވެސް މަސައްކަތްކުރާނެ ބަޔަކު ހޯދަން ކައުންސިލުން ކުރި އިއުލާނުގައި ބިޑް ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ. އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުން މިމަހުގެ 18 ގައި ބައްދަލުވުން ބާއްވަން ނިންމާފައިވާއިރު އަގު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ގައެވެ.

އަދި އެކަމާ ގުޅޭ އަގު ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރީގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަންޏެވެ.

ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހު ވަނީ އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރުކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ފަށާފައެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.

ނަމަވެސް އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސަައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލުކޮށް މިދިޔަ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-