-Advertisement-

-Advertisement-

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެޗްޑީސީ އިން ބުނެފި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު މިއަދު އަނެއްކާވެސް ފަށާފައިވާކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ. އަދި މިހާތަނަށް ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސާ ދިމާ ފަޅުތެރެއިން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގެމަށް އެޗްޑީސީ އިން އަންގާފައިވާއިރު މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-