-Advertisement-

-Advertisement-

ޑިމޮކްރަޓިކް ނިޒާމާ މެދުގައި މީހުންގެ އިތުބާރު ދަނީ ގެއްލެމުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޑިމޮކްރަޓިކް ނިޒާމާ މެދުގައި މީހުންގެ އިތުބާރު ދަނީ ގެއްލެމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ނިއުޒިލެންޑްގެ ވެރިރަށް ވެލިންޓަންގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޑިމޮކްރަސީ ޔޫނިއަން ފޯރަމްގައި ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވައި ތަގްރީރު ކުރައްވަމުންނެވެ. އެގޮތުން ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލަނީ ގިނަ ފަހަރަށް އިންތިހާބުވެފައިވާ ވެރިން ކަމަށެވެ.

ޝާހިދު ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ނެތެމުން ދިޔުމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެކި ހިސާބުތަކުގައި އެކަން ހިނގަނީ އެކި ގޮތަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑިމޮކްރަސީއާމެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ޝާޙިދު ވިދާޅުވިއެވެ.

ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮތުމުގެ ބަދަލުގައި އަމަލީ ގޮތުންވެސް ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކުރެވޭނީ ޑިމޮކްރަސީގެ ހަރުދަނާ ނިޒާމުގެ ތެރެއިން. މި ނިޒާމަކީ ހަމައެކަނި މަތީފަންތީގެ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި އެންމެންގެ ހައްގުތައް ހިމާޔަތްކޮށްދޭ ނިޒާމެއް –ޝާހިދު

މީގެ އިތުރުން، ޑިމޮކްރަސީއަށް މިހާރު މުޅި ދުނިޔޭގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވާރާކޮށް، އެކަންކަމަށް ގެނެވޭނެ ހައްލުތައް ހޯދުމަށް އައިޑީޔޫ ފޯރަމްގެ ބައިވެރިންނަށް ޝާހިދު ގޮވާލެއްވިއެވެ. އަދި ދޭދޭ ގައުމުތަކުގެ ގުޅުންތަކަށާއި މަލްޓިލޭޓަރަލިޒަމްއަށް އެތަކެއް ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރަޙައްދީ އިންތައް ހުރަސްކޮށް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-