-Advertisement-

-Advertisement-

އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ނިންމައި އެކަމަށް ދަނީ ތައްޔާރުވަމުން: އެމެރިކާ

އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ނިންމައި އެކަމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ އިންޓެލިޖެންސެ އޮފިޝަލުންތަކެއް ބުނެފިއެވެ.

އީރާނުގެ ރެވޮލޫޝަނަރީ ގާޑުގެ އިސްވެރިންތަކެއް މިދިޔަ ހޯމަ ދުވަހު އިސްރާއީލުން ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގައި ވަނީ ޝަހީދުކޮށްލައިފައެވެ.

އެ ހަމަލާއަށް ފަހު އިރާނުން ބަދަލު ހިފުމުގެ ގޮތުން ޝަހީދު ޑްރޯންތަކާއި ކްރޫޒް މިސައިލްތަކުން ވަރުގަދަ ހަމަލާއެއް އިސްރާއީލަށް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ނަން ހާމަ ނުކުރާ އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންތަކެއް ވަނީ ސީބީއެސްއަށް މައުލުމާތު ދީފައެވެ.

އިރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގައި ޝަހީދުވި ރެވޮލޫޝަނަރީ ގާޑުގެ އިސްވެރިންގެ ޖަނާޒާއަށްފަހު، ރެވޮލޫޝަނަަރީ ގާޑުގެ މިހާރު އިސް ކޮމާންޑަރު ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވެފައި ވަނީ، އެ ހަމަލާގެ ބަދަލުހިފުމުން އިސްރާއީލަށް ނުރެކެވޭނެ ކަމަށެވެ

މީގެއިތުރުން އިސްރާއީލުން ދިން ހަމަލާއަށްފަހު އިރާނުން ވަނީ އިސްރާއީލުގެ މަކަރުވެރި ރޭވުންތަކުގައި ނުޖެހުމަށް އެމެރިކާ ސަރުކާރަށް ރަސްމީ ސިޓީއަކުން އަންގައިފައެވެ. އިސްރާއީލުގެ މަގުސަދަކީ އެމެރިކާއާއި އިރާނު ކުރިމަތިލާނެ ހާލަތެއް އުފަން ކުރުން ކަމަށް އިރާނުން ބުނެފައިވެއެވެ.

އިރާނުގެ ރައީސްގެ ހާއްސަ މުޝީރު ކަމަށްވާ މުހައްމަދު ޖަމްޝީދީ ވިދާޅުވީ އިރާނުގެ ސިޓީގެ ޖަވާބުގައި އެމެރިކާއިން އެދިފައި ވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރީ އާލާތްތަކަށް ހަމަލާނުދިނުމަށް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-