-Advertisement-

-Advertisement-

‎ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން، އީދު ދުވަހު ހެނދުނު މުލިއާގޭގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު/ ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އީދު ސަލާން ކުރެއްވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށްރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކަމަށެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ، އީދު ސަލާމް ކުރެއްވުމުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވިބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުންދައުވަތު އަރުވާ ކަމަށާއި، ހާއްސަކޮށް އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެންދެއްވުމަށްވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-