-Advertisement-

-Advertisement-

‎ކުއްޖާ އަށް އަނިޔާކުރި މައްސަލަ މަޖިލީހަށް

މަޖިލިސް މެމްބަރު ޖީހާން. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އއ. ރަސްދޫ މިސްކިތެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ އަށް އަނިޔާ ކުރީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ އިރު، ފުލުހުންގެ ޓީމެއް މިހާރު ރަސްދޫގައި ހަރަކާތްތެރި ވަމުން އެބަދެއެވެ.

ކުއްޖާ އަށް އަނިޔާކުރި މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ވީޑިއޯ ރޭ ސޯޝަލް މީޑިއާ އާންމުވި ހިސާބުންނެވެ

ފުލުހުންގެ އެދުމުގެ މަތިން އާންމު ކުރި ވީޑިއޯ އެފަރާތުން ވަނީ ޑިލީޓް ކޮށްފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-