ގެއްލުން ބޮޑުވެ މެކްޑޮނަލްޑްސް އިން އިޒްރޭލުގައި ހިންގަމުންދާ އެކުންފުނީގެ ރެސްޓޯރެންޓްތައް ޕާޓްނަރުން އަތުން ގަންނަން ނިންމައިފިއެވެ.
މެކްޑޮނަލްޑްސް އިން ބުނީ އިޒްރޭލުގައި ހުރި ހުރިހާ ރެސްޓޯރަންޓެއް ބަންދުކުރުމަށް ފްރެންޗައިސްގެ ޑީލަރަށް އަންގާފައިވާ ކަމަށާއ އަދި ސްޓޯރެންޓުތައް އަނބުރާ ގަތުމަށް އަލޮންޔާލް ކުންފުންޏާ އެކު އެއްބަސްވުމަކަށް ގޮސްފައިވާކަމަށެވެ.
އެކުންފުނިން ބުނީ 225 ރެސްޓޯރަންޓު ބަންދުކޮށް ލިބުނު ގެއްލުމުން އަރައިގަތުމަށް ގިނަ މަސައްކަތް ތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުންވެފައިވަނީ އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި މެކްޑޮނަލްޑްސް އިން ހިލޭ އިޒްރޭލުގެ ސިފައިންނަށް ކާބޯތަކެތި ބެހުމުގެ ސަބަބުންނެވެ.
އެކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މެކްޑޮނަލްޑްސް ބޭން ކުރުމަށް ގޮވާލައި ގިނަ ހަރަކާތްތަކެއް ހިންގިއެވެ.
މެކްޑޮނަލްޑްސް އިން ވަނީ މި ހަރަކާތްތަކާ ގުޅިގެން އެ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއްވެސް ވެފައިވާކަމަށް ބުނެފައެވެ.