ޕީޕަލްސް ނެޝަނަލް ފްރަންޓް އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުގެ ހުއްދަ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް ދީފައި ނުވާނެކަމަށް ކަރެކްޝަން ސަރވިސް އިން ބުނެފިއެވެ.
ކަރެކްޝަންސް އިން ބުނީ ޖަލްސާގައި ބައިވެރިވުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައިވާ ކަމަށާއި ނަމަވެސް އޮންލައިންކޮށްވެސް އަދި ޖަލްސާ ބާއްވާތަނަށް ހާާޒިރުވެގެން ވިޔަސް އެޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ރައީސް ޔާމީނަށް ދީފައި ނުވާނެ ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ.
ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީނީ ބުރާސްފަތި ދުވަހުއެވެ. އެޕާޓީ އުފެއްދުމަށް ޖަލްސާ މާދަމާރޭ ބާއްވާނެކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ މާދަމާ ރޭ 8 ޖަހާއިރު ޣިޔާސުއްދީން ސްކޫލްގައި އޮންނާނެ ކަމަށާއި އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަަޑައިގަންނަވާނެ ކަމަށް މި ޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރަށްވާ ކުރީގެ ޓެލެކޮމް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ.