ނުކުރެވޭނެ އެއްވެސް ކަމަކަށް ވައުދު ވެފައި ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ އަލީ މޫސާގެ ކެމްޕޭންޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނަވައި ދެއްކެވި ވާހަކަފުޅުގައި އެވެ
ވައުދުތަކަކީ ރަށްތަކުގެ ތަރައްގީއަށްޓަކާ ރައްޔިތުން އެދިގެން ވެފައި ހުރި ވައުދުތަކެއް ކަމަށާއި ރައްޔިތުން ކުރަންވީ ކަމަކީ އެކަންކަން ކޮށްދެވޭނެމަގުފަހިކޮށްދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ މަޖިލީހުގައި ތިބެންވީ ތަރައްގީގެ ފިކުރާއި ގައުމަށް ހަމަޖެހުން ގެނައުމުގެ ފިކުރުގެ މީހުން ކަމަށާއި އެއީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށެވެ. މިގައުމުގައި މިހާރު ބަދަލުހިފުމުގެ ރޫހެއް ނުފެންނާނެ ކަމަށާއި އެ ޖާގަ ސަރުކާރުން ނުދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެކިބައިން ފެންނަނީ އެ މަންޒަރު ކަމަށާއި އެ ވިސްނުމަށް ޖާގަ ދީފިނަމަ ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށްވެސް ވިދާޅުވި އެވެ.