މި ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ އެކިފަރާތްތަކަށް ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުންދައްކައިފިއެވެ.
އެފަރާތުން ޢާއްމުކޮށްފައިވާ ރިޕޯޓުން ސަރުކާރުން ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން އެނގެން އޮތް ނަމަވެސް އެ ފައިސާ ދިނީ ކޮންބަޔަކަށްކަން އެނގޭކަށް ނެތެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް މި އަހަރު ބަޖެޓުގައި ހިމަނާފައިވަނީ 101 މިލިއަން ރުފިޔާއެވެ.
މިސަރުކާރުން ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި ވެރިކަމުގައި ބަދަލުގެ ގޮތުގައިދިނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެކިފަރާތްތަކަށް ބަދަލު ދެއްވާފައިވަނީ ރައްޔިތުންގެ ބޮލުގައި އިލްތިޒާމެއް އަޅަން ޖެހިދާނެތީ ކަމަށެވެ.