އިރާނުން އިޒްރޭލަށް ދިން ހަމަލާގައި އިރާނާއެކު އިރާގާއި ޔަމަނުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ހަމަލާއަކީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީއަށް އިސްރާއީލުން މި މަހު އެއް ވަނަ ދުވަހު ދިން ހަމަލާ އާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މި ހަމަލާގައި ވަނީ އިރާނުގެ 12 އަސްކަރީ އޮފިޝަލުން ވަނީ އަވަހާރަކޮށްލާފައެވެ.
24 ގަޑީރު ހަމަލާ ދިނުމަށްފަހު ހަމަލާތާއް ހުއްޓާލާ އީރާނުން ބުނީ އެމްބަސީއަށް ދިން ހަމަލައާ “ބައްދަލު ވާ ވަރުގެ ހަމަލައެއް” އިސްރާއީލަށް ދެވިއްޖެ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން އިޒްރޭލުން ވަނީ އިރާނާއި އެ ގައުމުގެ އެކުވެރިން އިސްރާއީލަށް 300 ޑްރޯން ހަމަލަ އާއި މިސައިލް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން ގިނަ އެއްޗެހި ވައިގެ ތެރެއިން ވައްޓާލާފައިވާކަމަށް ބުނެފައެވެ.
“އަހަރެމެންގެ އަސްކަރިއްޔާއިން މި ވަނީ ޒަޔަނިސްޓު ދައުލަތަށް ފިލާވަޅެއް ދީފައި. އިސްރާއީލުން ދިން ހަމަލަ އާ އެއްވަރުގެ އަދި ގާނޫނީ ގޮތުން ހުއްދަ މިންވަރެއްގެ ހަމަލައެއް ދީފައި،”– އިރާނުގެ ރައީސް އިބްރާހިމް ރައިސީ
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލަތަކަށް ނިސްބަތް ކުރައްވާ ރައިސީ ފާހަގަ ކުރެއްވީ މި ވޭތުވެދިޔަ ހަތް މަސް ދުވަސް ތެރޭގައި ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
އަދި މިކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަން އީރާނަށް ކުރެވުނު ހުރިހާ މަސައްކަތެއް މި ވޭތުވެދިޔަ ހަތް މަސް ދުވަސް ތެރޭގައި ކޮށްފައިވާނެ ކަމަށެވެ.