ޖަޒީރާގެ ނަމުގައި ޓެލެގްރާމް ޗެނަލްތައް ހަދައިގެން ޖަރީމާތައް ހިންގި މައްސަލައިގައި، އެކަންކަމުގައި އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ފަތާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި
މިދިޔަ މަހު ފެންމަތިވި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށް ވި ގްރޫޕްތަކާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހ ާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ހާއްސަ ކޮށްފައިވާ ޓެކްސީގެ ޑްރައިވަރެވެ.
އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ދެމަފިރިންނެގެވެ. އެއީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އޭގެ ތެރެއިން އެކަކަކީ،ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
ފުލުހުން ބުނީ، ޓެލެގްރާމް ޗެނަލްގެ މައްސަލައިގެ ތުހުމަތުކުރާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށެވެ.
ސައިބާ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވިދާޅުވީ، އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން އާމްދަނީހޯދަން އެއްވެސް މަސައްކަތެއް ނުކުރިއަސް، އެ މީހުންގެ އެކައުންޓުތަކުން ފައިސާގެ ބޮޑެތި ޓްރާންސެކްޝަން ހިންގާފައިވާ ކަމަށެވެ.
އޭޕްރީލް، 2023 ގައި އުފެއްދި ޗެނަލްތަކަށް ފުލުހުންގެ ބާރު ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފަ އެވެ. އޭގެ ތެރޭގައިދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.