މި އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން މުއިއްޒު ނޫން ގޮތެއް ހޯދާނެ ކަމަށް ޕީއެންއެފް ގެ އެސްޖީ މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ
ރައީސް ޔާމީންގެ ތާއީދާއެ އެކު މަޖިލިސް އިންތިހާބަށް ވާދައްކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް މާލެ އަތޮޅުގެ ރައްތަކަށް ދަތުރު ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ ވަރަށް ބަލި ސަރުކާރެއް ކަމަށާއި މި ސަރުކާރަށް މަޖިލީސް މެޖޯރިޓީ ދޭން ނުޖެހޭނެ ކަމަށެވެ.
މަލީހު ވިދާޅުވީ އިންތިހާބެއް ބޯމަތިވެފައިވާ އިރުގައި ރައީސް ޔާމީން އަދުވެސް ހުންނެވީ ޖަލުގައި ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް މުއިއްޒުއަށް ނޫންގޮތެއް ހޯދަން ޖެހޭނެކަމަށެވެ.
“ގާނޫން އަސާސީ އޮތް ގޮތުންނާއި އިސްލާމީ ރީތި އުސޫލަކީ ހިޔާނާތް ތެރިވެއްޖިއްޔާ, ބަހަށް ތެދުވެރި ނުވެއްޖިއްޔާ, ވައުދާ ހިލާފުވެއްޖިއްޔާ އިސްތިއުފާ ދިނުން ނުވަތަ އެމީހަކު މަގާމުން ދުރުކުރުން.. ރައީސް މުއިއްޒު އެމަނިކުފާނު ވި ވައުދާ (ރައީސް ޔާމީން މިނިވަން ކުރުން) ހިލާފުވެއްޖެ” މަލީހު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އަޒުލު ކުރަންޖެހޭ ކަމަށާއި, ޕީއެންއެފް އިން ނުކުއްނަނީ ރައީސް މަގާމުން ދުރުކޮށް މިއަހަރު ތެރޭ ރިޔާސީ އިންތިހާބެއް ރައްޔިތުން ބޭނުންވާ ފަދަ ވެރިއެއް އިންތިހާބު ކުރުމުގެ ފުރުސަތު ހޯދައިދިނުމައްޓަކައި ކަމަށްވެސް މަލީހު ބުނެފައިވެއެވެ.
ޕީއެންއެފްގެ މި ދަތުރުކީ ޕާޓީ އުފެއްދުމަށް ފަހުގައި މި ގޮތަށް ބައްވާ ފުރަތަމަ ކެމްޕޭން ދަތުރެވެ. މި ދަތުރުގައި އެ ޕާޓީގެ ވަގުތީ ރައީސް ޒޭން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.