-Advertisement-

-Advertisement-

ކައްދޫ އެއާޕޯޓް ހިންގުން ރީޖަނަލް އެއާޕޯޓްސް ކުންފުންޏާ ހަވާލުކޮށްފި

ލ.ކައްދޫ އެއަރޕޯރޓްގެ މަންޒަރެއް. ފޮޓޯ؛ އަވަސް އެމްވީ

ލ. ކައްދޫ އެއާޕޯޓް ހިންގުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

އާރުއޭސީއެލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ކައްދޫ އެއާޕޯޓް ހިންގުން ވަނީ އެކުންފުންޏާ ހަވާލުކޮށްފައިއެވެ.

މީގެ އިތުރުން އެފަރާތުން ބުނެފައިވަނީ މިއީ ރައީސް މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން ރާއްޖޭގެ ވައިގެ ދަތުރުގެ ނިޒާމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ތެރެއިން ނިންމެވި ނިންމުމެއް ކަމަށެވެ.

އާރުއޭސީއެލުން ބުނީ މިހާރު ކައްދޫ އެއާޕޯޓުގައި 100 ޕަސެންޓް ހިއްސާ ދާރަކީ ރީޖިނަލް އެއާޕޯޓްސް ކަމަށާއި، ކައްދޫ އެއާޕޯޓް މިހާރު ހިންގަމުން އަންނަ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑާއެއްކޮށް އެއާޕޯޓް ހިންގުމާ ހަވާލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެއާޕޯޓެކެވެ.

ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ޗައިނާގެ ސީމްއީސީ ކުންފުންޏާ އެކު މި މަހުގެ 11 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-