-Advertisement-

-Advertisement-

މަޖިލިސް އިންތިޚާބާ ގުޅޭ 16 މައްސަލައެއް އޭސީސީއަށް

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން މިހާތަނަށް 16 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި ވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހުށަހަޅާފައިވާ 16 މައްސަލައިގެ ތެރެއިން އެކޮމިޝަނުން ބަލަނީ 14 މައްސަލައެވެ. އަދި ދެ މައްސަލައެއް ރެޖިސްޓާ ނުކޮށް ދޫކޮށްލާފައި ވާކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވިއެވެ.

ހަސަން މަނިކު ވިދާޅުވީ، އޭސީސީން ނުބަލަނީ އެ ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭކަމަކާ ގުޅޭ މައްސަލަތައް ނުވަތަ އެކަށީގެންވާ ވަރަށް އެކަމަކާ ގުޅޭ މައުލޫމާތު ލިބިފައިނުވާ މައްސަލަތައް ކަމަށެވެ.

މަޖިލިސް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު އެފަރާތުން ބުނެފައިވަނީ އެ ކޮމިޝަނަށް 41 މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވޯޓު ލުމުގެ ހައްގާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ކަމަށް ވެސް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-