ސަރަހައްދީ ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އައްޑޫ ހިތަދޫ ޕޯޓު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ބޭރުގެ ކުންފުނިތަކާމަޝްވަރާކުރަން ފަށައިފި އެވެ.
މި މަޝްވަރާތަކުގައި އެމްޕީއެލްގެ ސީއީއޯގެ އިތުރުން ކުންފުނީގެ ދަށުން ހިންގަމުންގެންދާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިސްވެރިން ވެސްބައިވެރިވެވަޑައިގެންފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޕޯޓަށް އެދެވޭހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
ފާއިތުވި 18 އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ހިތަދޫ ޕޯޓު ތަރައްޤީކުރުމަށް މަސައްކަތްކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ޕޯޓުވަނީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށް ވަޖީހު ވިދާޅުވި އެވެ.
ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ ވާހަކަތަކެއް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދެކެވި، އެތަން އިންޓަނޭޝަނަލް ޕޯޓެއްގެ ގޮތުގައިތަރައްގީ ކުރަން އެމްޕީއެލް އިން އެމްޓީސީސީއާ ހަވާލު ވެސް ކުރި އެވެ.
އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2،2021 ގަ އެވެ.