-Advertisement-

-Advertisement-

‎ރަތްމަންދޫ ކައިރިން އިންޖީނު ހުއްޓިފައި އޮއްވާ ފަރިހި 2 ފެނިއްޖެ

ގެއްލުނު ދެ މީހުން މަސްވެރިކަން ކުރުމަށް ދިޔަ ޑައިވިން ދޯނި

މ. މަޑުއްވަރިން 3 މީހުންނާއެކު ފަރުމަހަށް ނުކުމެ އުޅުނުފަރިހި 2″ ނަމަކަށް ދޯނި ރަތްމަންދޫ ކައިރިން އިންޖީނު ހުއްޓިފައި އޮއްވާ އެމްއެންޑީއެފުންހޯދައިފިއެވެ.

އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި

މިދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ ދޯނިން ދަތުރުކުރި 3 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ގެއްލުނު ދޯނި ހޯދީ އެމްއެންޑީއެފް އެއާ ކޯގެ އަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުންނެވެ.

ދޯނި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 22:06 އެހާކަންހާއިރުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-