ހެނދުނު 09:00 ޖެހުމާ ހަމައަށް 24،703 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް 7803 އަންހެނުން އަދި 16،900 ފިރިހެނުން ވަނީ ވޯޓުލާފައެވެ. މިއީނިސްބަތުން ބަލާނަމަ 8.68 ޕަސެންޓު މީހުންނެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 17:30 އަށެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓާފައިވެއެވެ.