-Advertisement-

-Advertisement-

ވޯޓްލުން ކުރިޔަށްދަނީ އަމާންކޮށް, އިންތިޒާމްތައް ރަނގަޅު: އެޗްއާރުސީއެމް

މިއަދު ކުރިޔައްދާ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ ކަންތައް ކުރިޔަށްދަނީ އަމާންކޮށްކަމަށައި, ވޯޓުލުމުގެ މައްސަލައެއް ފާހަގަ ކުރެވިފައިނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އިން ބުނެފިއެވެ.

އެކްސްގައި ޕޯސްޓްކުރަމުން އެޗްއާރުސީއެމްއިން ބުނެފައިވަނީ 77 އިންސައްތަ މަރުކަޒުގައި ކަނޑައެޅިފައިވާ ވަގުތުގައި ވޯޓުލުން ފެށިފައިވާ ކަމަށެވެ. އޮފިޝަލުން ތައްޔާރުވުމުގައި ލަސްތަކެއް މެދުވެރިވެ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ލިސްވި ކަމަށާއި އިތުރު މައްސަލައެއް ކުރިމަތިނުވާ ކަމަށްވެސް އެޗްއާރުސީއެމް ބުނެފައިވެއެވެ. ކޮމިޝަނުން އޮބްޒާވްކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލުން ފެށިފައިވަނީ 8:35 ގައި ކަމަށެވެ.

“ހުރިހާ ވޯޓުލާ ސަރަހައްދެއްގައިވެސް މަރުކަޒު ފާހަގަވާގޮތަށް ދާންވާ މަގު އަންގައިދިނުމަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވޭ. މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއް ނުވޭ. ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދޭ.” އެ ކޮމިޝަނުން ބުންޏެވެ.

މިއަދުގެ އިންތިހާބުގެ ވޯޓްލުން ހަމަޖެހިފައިވަނީ ހެދުނު 8 އިން ހަވީރު 5:30 އާއި ހަމައަށެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-