-Advertisement-

-Advertisement-

ހުޅުމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާން ރޯވި ގޭގެ ފޮޓޯއެއް – ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ

އެމްއެންޑިއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ލޮޓް ނަންބަރ 11071 ގައިއެވެ.

މި ހާދިސާ ހިންގަން މެދުވެރިވި ސަބަބަކަށް އެމްއެންޑީއެފް އިން ބުނެފައިވަނީ އެގޭގެ އޭސީގައި އަލިފާން ރޯވެގެން ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު 12:25 ހާ އިރުއެވެ. އަދި 10 ވަރަކަށް މިނިޓް ތެރޭގައި އަލިފާން ނިންވާލާފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-