-Advertisement-

-Advertisement-

އިތުރު 26 ބިލިއަންގެ އަސްކަރީ އެހީއެއް އެމެރިކާއިން އިސްރާއީލަށް ދެނީ

އެމެރިކާގެ ކޮންގްރެސް – ފޮޓޯ: ޓައިމްސް

އެމެރިކާގެ ގާނޫން ހަދާ ތިރިގެ ކޮންގްރެސް އިން އަނެއްކާވެސް 26 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އެއް އިސްރާއީލައްދޭން ފާސް ކޮއްފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް މި ބިލް އަކީ އަސްކަރީ ޕެކޭޖެއް އިސްރާއީލު, ޔޫކުރައިން އަދި ޓައިވާން އަދި ދިމުނަށް ހުށައަޅާފައިވާ ބިލެކެވެ. މި ޕެކޭޖުގެ ޖުމްލަ އަގަކީ 61 ބިލިއަން އެމެރިކާ ޑޮލަރެވެ.

މި ޕެކޭޖު 26 ބިލިއަން އިސްރާއިލަށް ހަތިޔާރު ގަތުމަށްދީ އަދި އިތުރު 9 ބިލިއަން އިންސާނީ އެހީ އިސްރާއީލަށް ފޯރުކޮއްދިނުމަށް ވަނީ ފާސްކޮއްފައެވެ. އަދި ޔޫކުރައިންއަށް ހަތިޔާރުގަތުމަށް 23 ބިލިއަންދީ 8 ބިލިއަން ޑޮލަރު ޓައިވާނަށްދޭން ވަނީ ނިންމާފައެވެ.

އެމެރިކާގެ ވެރިކަންކުރާ ޕާޓީ ޑިމޮކްރެސްގެ މެޖޯރިޓީ އޮންނަ ކޮންގްރެސް ތެރެއިން ފެނިފައިވަނީ އެމީހުން އިސްރާއީލަށް ކުރަމުންދާ ތާއީދަށް ބަދަލެއް އައިސްފައިނުވާ ކަމެވެ. ކޮންގްރެސް ތެރެއިން މި ބިލް ފާސްކުރުމަށް ވޯޓަށް އެހުމުން 366 މީހުން އަސްކަރީ ޕެކޭޖް އިސްރާއީލަށް ދޭން ތާއިދުކޮށް ވޯޓްދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓްދެއްވީ 58 މެންބަރެކެވެ.

ޔޫކަރިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ މި ބިލް ފާސްކޮއްދެއްވިކަމަށްޓަކައި އެމެރިކާގެ ކޮންގްރެސް އަށާއި ރައީސް ބައިޑަން އަށް ޝުކުރު އަދާކޮއްފިއެވެ. އަދި މި ބިލްގެ ސަބަބުން ޔޫކުރައިންގެ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދީ އެތައްހާސް މީހުން ޝަހީދުކޮށް އެތައް ލާއިންސާނީ އަމަލެއް ހިންގުމުންދަނިކޮށް މިފަދަ ބޮޑު އަސްކަރީ ޕެކޭޖެއް އިސްރާއީލަށް ދޭން އެމެރިކާގެ ކޮންގްރެސްއިން ފާސް ކުރުމުން ގިނަ ބަޔަކު ދަނީ ނުރުހުންފާޅު ކުރަމުންނެވެ. އެމެރީކާގެ އާންމުންވެސް ބުނަމުން ދަނީ އެމީހުންގެ ޓެކްސް ފައިސާއިން އެހެން ގައުމަކަށް ހަމަލާދީ ނަސްލުނައްތާލުމުގެ އަމަލުތައް ހިންގަން އެމީހުންވެސް ނުރުހޭ ކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް އާއި ސަރުކާރު ބުނަމުންދަނީ އެމެރިކާ އަބަދުވެސް އިސްރާއީލަށް އެހީ ފޯރުކޮއްދޭނެ ކަމަށެވެ.

ކޮންގްރެސް އިން މިބިލް ފާސްވުމުން ދެން މި ބިލް ދާނީ އެމެރިކާގެ ސެނެޓަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-