މައްޗަންގޯޅި އުތުރު ދާއިރާއަށް ކުރިމަތިލެއްވި ފާރިޝް މައުމޫނަށް މިއަދުގެ އިންތިހާބު ނާކާމިޔާބު ވެއްޖެއެވެ.
އެދާއިރާއިން ކުރި ހޯއްދެވީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދުއެވެ. އެދާއިރާއަށް އަމިއްލަ ކެންޑިޑޭޓަކާއި އެމްޑީޕީ އަދި ދި ޑިމޮކްރެސްގެ ކެންޑިޑޭޓެއްވެސް ވާދަކޮއްފައިވެއެވެ.
ފާރީޝް ވަނީ 2019 ވަނަ އަހަރުވެސް މި ދާއިރާއަށް ކުރިމަތިލައްވާ ނާކާމިޔާބުވެ ވަޑައިގެންފައެވެ. އަދި މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.