މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާއަށް އެމްޑީޕީއިން ކުރިމަތިލެއްވި މުހައްމަދު އަސްލަމްއަށް އެގޮނޑި ކާމިޔާބު ނުކުރެވުނެވެ
ވޭތުވެދިޔަ 4 ދައުރުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރެއްވި އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިސްކޮށް އުޅުއްވާ އަސްލަމްއަށް މި އިންތިހާބުގަ ނާކާމިޔާބީއާއި ކުރިމަތިލާން މިޖެހުނީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސިނާނު އާއި ވާދަކުރައްވައެވެ. މިހާތަނަށް ގުނީ ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި އެދާއިރާއަށް ކުރިމަތިލައްވާފައިވާ 7 ކެންޑިޑޭޓުންގެ ތެރެއިން ކުރީގައި އުޅުއްވަނީ ސިނާނެވެ. ދެވަނައިގައި އުޅުއްވަނީ އަސްލަމް އެވެ.
ޕީއެންސީއަށް މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މަޖިލީހުގެ މެޖޯރިޓީވަނީ ލިބިފައިއެވެ.