ރައްޔިތުން މަޖިލީހުގެ ނައިބް ރައީސްކަން ކުރެއްވި އަދި ކުރީގެ ރައީސް, ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާއަށް ގަލޮޅު އިތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެއެވެ.
ގަލޮޅު އިތުރު ދާއިރާ ގޮނޑި 3 ދައުރު އީވާ ވަނީ ފުރުއްވާފައެވެ. އިސްލާހީ މަސައްކަތުގައި އެމްޑީޕީ އާއި އެކު ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވުމަށްފަހު ރައީސް ސޯލިހާއި ރާއިސް ނަޝީދާ ދެމެދުގައި ހިޔާލު ތަފާތުވެސް އީވާ ވަނީ އެމްޑީޕީ ދޫކޮށް ރައިސް ނަޝީދު އިސްވެ ހުރެ ހެދި ޕީޓީ ދި ޑީމޮކްރެސް އާއި ގުޅުވަޑައިގެންފައެވެ.
ދި ޑީމޮކްރެސް އާއި ގުޅުވަޑައިގެން އީވާ ވާދަކުރެއްވި ފުރަތަމަ މަޖިލީސް އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންނެވީ ވެސް އެމްޑީޕީގެ ކެންޑިޑޭޓަކާއި ވާދަކުރައްވައެވެ.
އެގޮތުން ގަލޮޅު އިތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު އިބްރާހިމްއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ގިނަ ދުވަހު މަޖިލީސްގައި އުޅުއްވި ގިނަ ބަޔަކަށް މިފަހަރު ވަނީ ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން މިހާރުގެ މަޖިލީސް ރައީސް މުހައްމަދު އަސްލަމްއަށް ވެސް ވަނީ މިއަދުގެ އިންތިހާބު ނާކާމިޔާބުވެފިއެވެ.